ހަމަނުޖެހުން އުފެދޭނެ ވާހަކަ މީސްމީޑީއާގައި ނުދެއްކުމަށް ފުލުހުން ގޮވާލައިފި

ހަމަ ނުޖެހުން އުފެދޭނެ ވާހަކަ މީސްމީޑީއާގައި ނުދެއްކުމަށް ފުުލުހުން އިލްތިމާސް ކޮށްފިއެވެ. ރޭގަ ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، މީސްމީޑިއާގައި ދެބަސްވުންތަކާއި އަރާރުންތައް އުފެދޭނެ ވާ...

08 Jan 2019 | 04:43

ހަމަ ނުޖެހުން އުފެދޭނެ ވާހަކަ މީސްމީޑީއާގައި ނުދެއްކުމަށް ފުުލުހުން އިލްތިމާސް ކޮށްފިއެވެ.

ރޭގަ ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، މީސްމީޑިއާގައި ދެބަސްވުންތަކާއި އަރާރުންތައް އުފެދޭނެ ވާހަކަތައް ބައެއް މީހުން ދައްކަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، މުޖުތަމައުގައި ހަމަނުޖެހުން ހިނގާފާނެ ވާހަކަތަކާއި އަދި މީހުންނަށް މީސްމީޑިއާގައި އިންޒާރުދީ ހަދާތަންވެސް ފެންނަމުންދާ ކަމަށެވެ.

https://twitter.com/PoliceMv/status/1082329014767824896?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

ފުލުހުން ކުރި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، އެފަދައިން އިންޒާރުތައްދީ ހަމަނުޖެހުން އުފެދޭނެފަދަ ވާހަކަތައް ދައްކާ މައްސަލަތައް ބަލަމުން އެބަ ގެންދާ ކަމަށެވެ. އަދި އެކަކު އެނެކަަކަށް އިހުތިރާމް ކުޑަކޮށް، ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން އަނެކާއާއި ވާހަކަ ދެއްކުމާއި މިފަދަ އަމަލުތައް ނުކުރުމަށް ގޮވާލާ ކަމަށްވެސް ފުލުހުންގެ ޓުވީޓްގައި ވެއެވެ.

ފާއިތުވި ދުވަސްތަކުގައި އެކި މައްސަލަތަކުގައި، މީސްމީޑިއާގައި މީހުން އަންނަނީ ހޫނު ބަހުސްތައް ކުރަމުންނެވެ. މުޖުތަމައުގައި ހިނގާ އެކި ކަންކަމަށް މީސްމީޑިއާގައި ފާޑުކިޔާ ހަަދައެވެ. މިހެން ކުރާ ބަހުސްތައް ހޫނުވެ، ދެބަސްވުންތައް އުފެދި އެކަކު އެނަކަކު ދިމާލަށް ތިމާއަަށް ރަނގަޅަށް މާނަ ނުވިސްނޭ ބަސްތައް ގޮވާ ބޮޑު އަރާރުންގަނޑުތަކަށް ދަނީ ހަދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް