ނަމަކީ ޗެތުނާ ކަޕޫރެވެ. ކުރާ މަސައްކަތަކީ ލިޔުމެވެ. އުމުރަކީ 26 އަހަރެވެ. ކުރިން ބަރުދަނުގައި 78 ކިލޯ ހުރި ނަމަވެސް ފަސް މަސް ދުވަހުގެ ތެރޭގައި ޗެތުނާ މިވަނީ 15 ކިލޯ ލުއި ކޮށްލާފައެވެ. ޗެތުނާ ހިކެން ކުރި މަސައްކަތާއި ހިކެން ނިންމި ސަބަބު ޓައިމްސް އޮފް އިންޑިއާއަށް ކިޔައިދީފައިވެއެވެ.
އޭނާ ބުނެފައިވަނީ ހިކެން އެބަ ޖެހޭކަމުގެ އިހުސާސް އަބަދުވެސް ކުރެވެމުން ދިޔަ ކަމަށާއި ނަމަވެސް ހިކެން އަޒުމު ކަނޑައެޅީ ޕާޓީއެއްގެ ތެރޭގައި އެންމެންގެ ކުރިމަތީގައި ހެދުން ފަޅައިގެން ދިޔަ ހިސާބުން ކަމަށެވެ.
އެއަށްފަހު ޗެތުނާ އޭނާގެ ކެއުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނައެވެ.
ހެނދުނުގެ ނާސްތާ:
ހެނދުނު ހޭލާ ގޮތަށް ހުސް ބަނޑާ ހުރެ އެއް ލީޓަރު ފެން
އޭގެ ގަޑިއިރެއް ފަހުން ޑްރައި ފްރުޓްސް ކަން އަދި ހެނދުނުގެ ނާސްތާގެ ގޮތުގައި ބްރައުން ބްރެޑް ފޮއްޗަކާއި ދެ ބިސްކޯދާއި ފަރާޓާއެއް.
މެންދުރު ކެއުން:
ޖޯޑެއްގެ ބްރައުން ރައިސް އާއެކު ޖޯޑެއްގެ މުގު، ދެ ރޮއްޓާއެކު ތަރުކާރީ ރިހަ
ރޭގަނޑުގެ ނާސްތާ:
ރޭގަނޑު 07 ޖަހާއިރު ސޫޕް، ޕަފްޑް ރައިސް، ސެލެޑު ނުވަތަ ތަރުކާރީ ރިހަ
ޗެތުނާ ބުނެފައިވާގޮތުގައި ހިކެން ކުރި މަސައްކަތުގައި އޭނާ އެއްގޮތަކަށްވެސް ޖިމަކަށް ނުދެއެވެ. ނަމަވެސް އޮފީހަށް ގޮސް އައުމުގައި ލިފްޓުގެ ބަދަލުގައި މުޅިންވެސް ބޭނުންކުރަމުންދިޔައީ ސިޑި ކަމަށާއި ގޭގައި ފަސް ކިލޯ ޑަމްބެލެއް ގެންގުޅުނު ކަމުގައިވެސް ޗެތުނާ ބުނެފައިވެއެވެ.
މީގެ އިތުރުން ހިކެން ބޭނުންވާ މީހެއް ނަމަ ގިނައިން ފެން ބޯންވާނެ ކަމަށާއި ހަކުރާއި ދުރަށް ދާން ވާނެކަމުގައިވެސް ޗެތުނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް