ސިނަމާލެ ބްރިޖަށް ދާން އޮންނަ ހައިވޭގައި ދުއްވާފައިދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބްރިޖް ހައިވޭގައި ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރޭގެ ވަގުތެއްގައި ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެފައިވާކަމަށެވެ.
"ފަޔަރ ޓީމް އެ ސަރަހައްދަށް ދިޔައިރު އަލިފާން ވަނީ ނިއްވާލާފަ" އާޒިމް ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ރޭ 23:37ގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ބެލެވޭގޮތުގައި އަލިފާނުގެ އެ ހާދިސާ ހިނގާފައިވަނީ ކާރުގެ އިންޖީނު ބައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް