ފިލިޕިންސްގައި ރުކެއް ވެއްޓި ޓީޗަރަކާއި އޭނާގެ ބޮޑުބޭބެ މަރުވެއްޖެ

ފިލިޕިންސްގެ ސިޓީއެއް ކަމުގައިވާ ބޯހޯލްގައި ރުކެއް ވެއްޓި އަންހެން ޓީޗަރަކާއި އޭނާގެ ބޮޑުބޭބެ މަރުވެއްޖެ އެވެ. ފިލިޕިންސްގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 24 އަހ...

08 Jan 2018 | 13:17

ފިލިޕިންސްގެ ސިޓީއެއް ކަމުގައިވާ ބޯހޯލްގައި ރުކެއް ވެއްޓި އަންހެން ޓީޗަރަކާއި އޭނާގެ ބޮޑުބޭބެ މަރުވެއްޖެ އެވެ.

ފިލިޕިންސްގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ އަހެން ޓީޗަރެއް ކަމުގައިވާ ޖޭސަލް ބާސިބަލް ޑަޖާލޯސް އަދި އޭނާގެ ބޮޑުބޭބެ ރޮގޭލިއޯ ޓޫޓާ ބާސިބަލް އެވެ.

މި ދެމީހުން މަރުވެފައވަނީ ދެމީހުން ސައިކަލުގައި ދުއްވާފައިދަނިކޮށް ދިގުމިނުގައި ގާތްގަނޑަކަށް 15 މީޓަރު ހުރި ރުކެއް މި ދެމީހުންގެ ބޯމައްޗަށް ވެއްޓިގެންނެވެ. އެހީތެރިކަން ފޯރުކޮށްދޭ މީހުން ދިޔައިރު މި ދެމީހުން ތިބީ މަރުވެފައިކަމަށާއި މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް