މަސްތުވާތަކެއްޗާއެކު ނައިފަރުން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ޅ. ނައިފަރުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔ...

08 Jan 2018 | 13:01

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ޅ. ނައިފަރުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޅ.އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން  ހިންގި އޮޕަރޭޝަނެއްގައި މި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެރޭ 22:30 ނައިފަރު ބަނދަރުމަތިން ކަމުގައި ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް