ދިވެހި ފުލުހުންނަށް ލިބުނު ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކެއްގައި ފުލުހުންގެ ސީނިއަރ ތިން އޮފިސަރަކު ޖަޕާނަށާއި އިންޑިއާއަށް ފުރައިފިއެވެ.
ފުލުހުން ބުނީ މިތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ޖަޕާނުގައި ކުރިއަށްދާ ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް ސެމިނަރގައި ބައިވެރިވުމަށް އެޤައުމަށް ފުރާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޙަނީފް އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޒީން ކަމަށެވެ. ޖަޕާނުގެ ޓޯކިއޯ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީގައި ކުރިއަށްދާ މި ސެމިނަރ އަކީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ ސެމިނަރ އެއް ކަމަށެވެ.
އިންޑިއާގައި ކުރިއަށްދާ “ސްޓްރެޖިކް ޓޫލް: ޕާފޯމެންސް މެނޭޖްމަންޓް ސިސްޓަމް” ޕްރޮގުރާމުގައި ބައިވެރިވުމަށް އެޤައުމަށް ފުރާފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް ޖަވީދު މޫސާ ކަމަށާއި އިންޑިޔާގެ ނިއުދިލްލީގައި ކުރިއަށްދާ މި ޕްރޮގްރާމަކީ އިންޑިއަން ޓެނިކަލް އެންޑް އެކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާނެ ކަމުގައި ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް