މެރިޓައިމް އެކެޑަމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލް (އެމް.އޭ.އެމް ބީ.އެސް) އިން މި އަހަރު ކުރިއަށްގެންދާ ޑިޕްލޮމާ އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ޕްރޮގްރާމްގެ އޮރިއެންޓޭޝަން ކުރިއަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ ދަރިވަރުންނަށް އޮރިއެންޓޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ އެ ސްކޫލްގެ މާލޭ ކެމްޕަހުގައި އެވެ. އޮރިއެންޓޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެވެ. އޮރިއެންޓޭޝަން ޕްރޮގްރާމްގައި އެމް.އޭ.އެމްގެ ސީއީއޯ ކެޕްޓަން އާދިލް ރަޝީދު އާއި އެމް.އޭއެމްގެ މެނޭޖްމަންޓް މެމްބަރުން ބައިވެރިވެލެއްވި ކަމުގައި އެމްއޭއެމް އިން ހާމަކުރެ އެވެ.
"އަހަރެމެންގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ފަސް ރަށެއްގައި ޑިޕްލޮމާ ފަސް ޕްރޮގްރާމެއް ކުރިއަށްގެންދިއުން" އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.އެމްގެ ސީއީއޯ އާދިލް ރަޝީދު ވިދާޅުވި އެވެ.
އަގުހެޔޮ އަދި ފެންވަރު ރަނގަޅު ތަޢުލީމް ފޯރިކޮށްދިނުމުގެ އުންމީދުގައި، އެމް.އޭ.އެމް ބިޒްނަސް ސްކޫލުން ސެޓްފިކެޓް ތިނަކުން ފެށިގެން އެސޯސިއޭޓް ޑިގްރީއާއި ހަމައަށް ކޯސްތައް ކުރިޔަށްގެންދެއެވެ. މީގެއިތުރުން، ވީހާވެސް އަވަހަށް ޑިގްރީ އަދި މާސްޓާސް ޑިގްރީގެ ކޯސްތައްވެސް ފަށާނެ ކަމުގެ މައުލޫމާތި ލިބެއެވެ. އެގޮތުން މިކޯސްތައް ބެހިގެންދަނީ 9 ދާއިރާ ތެރޭގައި، ހިއުމެން ރިސޯސް މެނޭޖްމެންޓްއާއި،ލީޑާޝިޕް އެންޑް މެނޭޖްމެންޓްއާއި، ސްޓްރެޓީޖިކް ސޭލްސް އެންޑް މާރކެޓިނގް މެނޭޖްމެންޓްއާއި، ބިޒްނަސް މެނޭޖްމެންޓްއާއި، އަރލީ ޗައިލްޑްހުޑް، ޓްރެވެލް އެން ޓޫރިސަމް މެނޭޖްމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް އަދި އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް ހިމެނެއެވެ.
“މަކިޔަވާނީ ރަށުގަ” މިޝިޔާރުގެ ދަށުން އެމްއޭ އެމް ބިޒްނަސް ސްކޫލް އިންވަނީ އަތޮޅު ތެރޭގައި ވަރަށް ގިނަ ބެޗްތަކެއް ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައެވެ. އަދި މީގެ އިތުން މާލޭގައިވެސް ބެޗްތައް ފެށޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް