ނިދާފައި ތިބޭ ވަގުތު ގުގުރި ދެމުމަކީ އާންމު ކަމެކެވެ. އެގޮތުން ދުނިޔޭގެ 45 އިންސައްތަ، ބޮޑެތި މީހުން ނިދާފައި ތިބޭ ގަޑީގައި ގުގުރި ދަމާކަށް ބުނެވެ އެވެ. ނިދާފައި ތިބޭއިރު ގުގުރި ދަމާއިރު އެކަމުގެ އުނދަގޫ ތިބާއަށްވުރެ ބޮޑަށް ފޯރަނީ އެއް ކޮޓަރިއެއްގައި ނިދާ އެހެން ފަރާތްތަކަށެވެ.
ގުގުރި ދެމުން މަދުކުރުމަށް ނުވަތަ ގުގުރި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަ ހުއްޓެވެ.
1 ކޮޓަރީގައި ހިއުމިޑިފަޔަރ އެއް ބޭނުންކުރުން
ބައެއް ދިރާސާތަކުން ދައްކާފައިވާގޮތުގައި ގުގުރި ދެމުމަށް މަގުފަހި ކުރުވާ އެއް ސަބަބަކަށް ވެފައި އޮންނަނީ ކޮޓަރީގައި ހުންނަ "ޑްރައި އެއަރ" އެވެ. ވައިގެ ތެތްކަން މަޑުވުމެވެ. އެހެންކަމުން ނިދާ ކޮޓަރީގައި ހިއުމިޑިފަޔަރ އެއް ބޭނުންކޮށް ކޮޓަރީގެ ވައިގެ ތެތްކަން ދެމެހެއްޓޭނަމަ ގުގުރި ދެމުމުގެ ފުރުސަތު ކުޑަވެގެން ދެ އެވެ.
2 ބަރުދަން ލުއި ކުރުން
މާ ބޮޑަށް ފަލަ ވުމަކީވެސް ގުގުރިއަށް މަގުފަހި ކުރުވާ ކަމެކެވެ. ފަލަ ވާނަމަ އަރުތެރޭގައި އިތުރު ޓިޝޫތައް އުފެދި އެ ޓިޝޫތަކަކީ އިތުރު އަޑުތަކަށް، ނުވަތަ ގުގުރީގެ ބާރު ގަދަވުމަށް އެޅޭ ބާރަކަށް ވެގެންދެ އެވެ. އެހެންކަމުން ބަރުދަން ލުއި ކޮށްލުމަކީވެސް ގުގުރިން ސަލާމަތް ވެވިދާނެ ގޮތެއް ކަމުގައި ބެލެވެ އެވެ.
3 ޕްރަނަޔާމާ (ޔޯގާގެ ވައްތަރެއް)
ޕްރަނަޔާމާ، ޔޯގާ އަކީ ނޭވާ ކޮންޓްރޯލް ކުރުމަށް ކުރެވޭ ޔޯގާގެ ވައްތަރެކެވެ. ފުންކޮށް އަދި ލަސްލަހުން ނޭވާ ލައިގެން ކުރިއަށްގެންދެވޭ މި ޔޯގާގެ ސަބަބުން މެއަށް ގިނަ އަދަދަކަށް އޮކްސިޖަން ލިއްބައިދެ އެވެ. އަދި ހަށިގަނޑުގައި ލޭގެ ދައުރުވުން ރަނގަޅު ކޮށްދެ އެވެ. މި ޔޯގާގެ ސަބަބުން ނިދީގެ ކޮލިޓީ ރަނގަޅު ކޮށްދެ އެވެ. އަދި ގުގުރިދެމުން ކޮންޓްރޯލް ކޮށްދެ އެވެ.
4 ދުލާއި ކަރުގެ ކަސްރަތު
ކަރާއި ދުލުގެ މަސްތައް ވަރުގަދަ ކުރުމަށް ކުރެވޭ ކަސްރަތެއްގެ ސަބަބުންވެސް ގުގުރި ދެމުން ހުއްޓުވިދާނެ އެވެ. އެގޮތުން "ދަ ލިޕްސް، ދަ ޓީތު، ދަ ޓިޕް އޮފް ދަ ޓަންގު" މި ޖުމްލަ ދުވާލަކު ދިހައެއް ނުވަތަ 20 ފަހަރަކު ކިޔާލުމަކީވެސް ދުލަށް ދެވޭ ކަސްރަތެއް ކަމުގައި ބުނެފައި ވެ އެވެ.
މީގެ އިތުރުން ސީދަލަށް ދޫ، އަނގައިން ބޭރަށް ނެރެ ވައަތް ފަރާތުން އަނގައިގެ މިޔަ އާއި ހަމައަށް އަދި ކަނާތްފަރާތުންވެސް އަނގައިގެ މިޔައާއި ހަމައަށް ގެންގޮސް މިގޮތަށް ދެތިން ފަހަރު ތަކުރާރު ކޮށްލެވިދާނެ އެވެ. މި ކަސްރަތު ދުވާލަކު ދެ ފަހަރަކު ކޮށްލުމުން ގުގުރި ދެމުމުން ދުރުކޮށްދިނުމަށް އެހީއަކަށް ވެ އެވެ.
5 ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވުން
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއްކަމާއިމެދު ޝައްކެއް ނެތެވެ. ގުގުރި ދެމުމުގެ އަސްލަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމުގައި ވުން ގާތެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރާނަމަ، ސިނގިރޭޓު ބޯނަމަ އޭގެ ދުމުގެ ސަބަބުން "އެއާ ޕެސޭޖް" ދުޅަވެ ބްލޮކް ވުމަކީ ގުގުރިއަށް މަގުފަހި ކުރުވާ ކަމެކެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ގުގުރިން ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ.
6 ނިދާއިރު ބޯ ލާ ކޮޅަށް އުސްކޮށްލުން
ބައެއް ފަހަރު ނިދާއިރު ދޫ އަރުމަތީގައި އެޅި ނޭވާލުން ބްލޮކްވެ ގުގުރިއަށް މަގުފަހި ވެ އެވެ. މިކަމުގެ އެއް ހައްލަކީ ނިދާއިރު ބޯ ލާ ކޮޅު އުސްކޮށްލުމެވެ. ބޯދަށް އިތުރު ބާލީހެއް ލުމަކީވެސް ހައްލެކެވެ.
7 ރީނދޫ އަދި މިލްކް ޖޫސް
ކިރު ތައްޓަކަށް، ދެ ސަމުސާ ރީނދޫ އަޅައިގެން، ނިދުމުގެ ކުރިން ބޯލުމަކީ ގުގުރި ދެމުން ހުއްޓުވައިދިނުމަށް އެހީވެދޭނެ ކަމެކެވެ.
މުގުރި ކާފުރު ތޮޅި
ތާފަނާ ފެންތައްޓަކަށް، ކާފޫރު ތޮޅިކޮޅެއް މުގުރާފައި އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށް ފަހު ނިދުމުގެ ކުރިން އެ ފެންތަށި ބޯލުމަކީ ގުގުރި ދެމުން ހުއްޓުވުމަށް ބާރުއަޅާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް