ފްރާންސްގެ އައިއެލްޓީއެމް ކާންސް 2021 ގައި ރާއްޖެ އިޝްތިހާރުކޮށްފި އެވެ.
މި ހަރަކާތް އޮންނާނީ ޑިސެމްބަރ 6 އިން 9 ގެ ނިޔަލަށެވެ.
އައިއެލްޓީއެމް ކާންސް ފްރާންސަކީ ކުރިން ޝެޑިއުލް ކޮށްފައިވާ އެޕޮއިންޓްމަންޓްތަކާއި، ތައުލީމީ ސެޝަންތަކާއި، ނެޓްވޯކިން އަދި މުނިފޫހިފިލުވުމުގެ ދާއިރާގެ ވިޔަފާރި ޝޯވ އެކެވެ.
ފަރަންސޭސިވިލާތުގައި ބާއްވާ މި ޓްރެވަލް އެންޑް ޓުއަރިޒަމް އިވެންޓަކީ ވިޔަފާރީގެ އެންމެ ފުރިހަމަ ފުރުސަތުތަކާއި، ކޮލިފައިޑް އަދި ކަމާ ގުޅޭ ޓްރެވަލް ގަންނަ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި، މާކެޓް ޕްރޮފެޝަނަލުންނަށް އެކްސެސް ދިނުމުގެ ފުރުސަތު ފަހިކޮށްދޭ އިވެންޓެކެވެ.
އައިއެލްޓީއެމް ކާންސްގައި އެގްޒިބިޓް ކުރުމަކީ މި ސަރަހައްދުގެ ވިޔަފާރިތައް މެގްނިފިސިފިކޭޓް ކުރުމަށް ލިބޭ ވަރަށް ތަފާތު ފުރުސަތެކެވެ. އައިއެލްޓީއެމް ކާންސް 2021 އަކީ 95 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ ބައިނަލްއަގުވާމީ ފެންވަރުގައި ޒިޔާރަތްކުރާ ޝޯވއަކަށް ވާތީ، މީހުންގެ ސަމާލުކަން ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
އެމްއެމްޕީއާރްސީ (ވިޒިޓް މޯލްޑިވްސް) އިން މި ހަރަކާތުގައި 14 އިންޑަސްޓްރީ ޕާޓްނަރުންނާއެކު ބައިވެރިވާ އިރު، އައިއެލްޓީއެމް ކާންސް ގައި ބައިވެރިވުމަކީ ދުނިޔޭގެ ލަގްޒަރީ ޓްރެވަލް އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ ޕާޓްނަރުންނާ ގުޅުވާލުމެވެ.
އައިއެލްޓީއެމް ކާންސްގެ 3 ދުވަހުގެ ތެރޭގައި މި ހަރަކާތުގައި ބައިވެރިވެ، ޒިޔާރަތްކުރި ޓްރެވަލް ޓްރޭޑް އޮފިޝަލުންގެ މެދުގައި 70،000 އަށް ވުރެ ގިނަ ބައްދަލުވުން ވަނީ ބާއްވާފަ އެވެ.
އެމްއެމްޕީއާރްސީން ދަނީ ޑެސްޓިނޭޝަން މޯޓިވޭޝަން ދެމެހެއްޓުމަށާއި، ބުކިންގސް އިތުރުކުރުމަށާއި، މި މާކެޓުން ރާއްޖެ އަންނަ މީހުން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން ނެވެ.
އޭގެ ތެރޭގައި ފަރަންސޭސިވިލާތުން ޓްރެވަލް ޓްރޭޑަަށް ބޭއްވި ޓްރެއިނިންގ ވެބިނަރ ސެޝަންތަކާއި، ޕާޓާ ފްރާންސް ވެބިނަރ، އޯޑިޖިއޯއާއެކު ޑިޖިޓަލް އަދި ސޯޝަލް މީޑިއާ އެޑްވަޓައިޒިން ކެމްޕޭން، ޓު އެމްޕައިޑަސް އާއެކު ޕާޓްނަރޝިޕް ހިމެނެ އެވެ.
މީގެ އިތުރުން އިންވައިބްސް، މޮކާނޯ ރޯޑް ޝޯ، އައިއެފްޓީއެމް ޓޮޕް ރީސާ އަދި މެޑަމް ފިގާރޯއާއެކު މާކެޓިންގ ކެމްޕޭނެއްވެސް ހިމެނެ އެވެ.
މި މާކެޓަށް ކުރިއަށް އޮތް ހަރަކާތްތަކުގެ ތެރޭގައި ކުއޯނީއާއެކު މާކެޓިންގ ކެމްޕޭނެއް ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް