ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް މިއަދު ވެސް ހުރީ 100 މަތީގަ އެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް ބަލާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުން ދައްކާ ގޮތުގައި 133 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ޕޮޒިޓިވްވީ މާލެ ސަރަހައްދުން 30 މީހަކާއި އަތޮޅުތެރެއިން 102 މީހަކާއި ރިސޯޓުތަކުން އެންމެ މީހެކެވެ.
މިއާއެކު ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 92,501 އަށް ވަނީ އަރާފަ އެވެ.
ކޮވިޑު ބައްޔަށް ރާއްޖޭއިން ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 94 މީހަކު ރަނގަޅުވެފައިވާ އިރު، ބަލިން ފަސޭހަވީ މީހުންގެ އަދަދުވަނީ 90،401 އަށް އަރާފަ އެވެ.
މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 1،832 މީހަކަށެވެ. އަދި ހޮސްޕިޓަލުތަކުގައި 15 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 255 މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ 238 ދިވެހީންނާއި 17 ބިދޭސީން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް