އޭޝިއަން ޔޫތު ޕެރަ ގޭމްސް 2021 ގައި ބައިވެރިވުމަށްފަހު އެނބުރި އައުމުން އީޝާލްއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އޭނާ ވަނީ މި މުބާރާތުގައި ތާރީޚުގެ ތެރެއަށް ވަދެ، ބަންގުލަދޭޝްގެ މައްޗަށް ކުރި ހޯދާފަ އެވެ. މިއީ ޕެރަ ބެޑްމިންޓަންގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ހޯދުނު މޮޅެވެ.
https://twitter.com/MoYSCEmv/status/1468095569881010178
ބަހުރައިންގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ޕެރަ ބެޑްމިންޓަން ސިންގަލްސް އިވެންޓުގައި ޖޫނިއަރ ބެޑްމިންޓަން ކުޅުންތެރިޔާ ހައްވާ އީޝަލް ރިޔާޒް މި މެޗު ކާމިޔާބުކުރީ ބަންގުލަދޭޝްގެ ޝޮރްމީ މޮޒުމްދާރާ ދެކޮޅަށް ކުޅެ، ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެން ނެެވެ.
މި މެޗުގެ ސެޓުތައް ގެންދިޔައީ 18-21 އަދި 13-21 އިން ނެވެ.
އަންހެން ސިންގަލްސް އެސް އެޗް ހައެއްގެ އިވެންޓުގައި އީޝަލް ވަނީ މޮޅުވި މެޗު ނުލައި ހަތަރު މެޗު ކުޅެފަ އެވެ. މީގެ ކުރިން ކުޅުނު މެޗުތަކުން އީޝަލް ބަލިވިނަމަވެސް އޭނާވަނީ ހިތްވަރުގަދަ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ޚާއްސަކޮށް ޗައިނީސް ޓައިޕޭއާއި އިންޑިއާ ފަދަ ގައުމުތަކުގެ ކުޅުންތެރިންނާ ދެކޮޅަށް އީޝަލް ވަނީ ހިތްވަރުކޮށްފަ އެވެ.
ރާއްޖެއިން ޕެރަ ގޭމްސްއަށް ދިޔަ އެންމެ ހަގު އެތުލީޓަށް އީޝަލް ވާއިރު، ރާއްޖޭގެ އަންހެން ޕެރަ އެތުލީޓަކު ބައިނަލްއަގުވާމީ މައިދާނުގައި ބެޑްމިންޓަން އިވެންޓަކުން ފެނުނު ފުރަތަމަ ފަހަރަކީ ވެސް މިއީއެވެ.
ބަހުރައިންގެ މަނަމާގައި މިއަހަރު ބާއްވާނީ އޭޝިއަން ޔޫތު ޕަރަ ގޭމްސްގެ ހަތަރުވަނަ އެޑިޝަނެެވެ. މިފަހަރުގެ އިވެންޓުގައި ނުވަ ކުޅިވަރެއް ހިމެނޭ އިރު، 33 ގައުމަކުން ވާދަކުރާނެ އެވެ.
ރާއްޖެއިން ވާދަކުރާނީ ޕެރަ ބެޑްމިންޓަން އަންހެން އިވެންޓުގައި އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް