ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ، ރައީސް ސޯލިހު ރަސްމީކޮށް ހުޅުވާދެއްވައިފި

ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވާދެއްވައިފި އެވެ. ބަންޑާރަކޮށީގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގަ...

07 Dec 2021 | 16:47

ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވާދެއްވައިފި އެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވި މި ސެންޓަރަކީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިސްޓް ޙަމަލާތައް ކުރިމަތިވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގައި އިޖާބަދިނުމަށް ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބެވެ.

ޖަޔޮކްގެ މަސައްކަތަކަށް ވާނީ، ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގައިވާ ފަދައިން ޓެރަރިޒަމްގެ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.

އަދި މިސެންޓަރު ހުޅުވިގެންދިއުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" އަށް ޢަމަލީ ސިފަ ގެންނެވުމަށް ފަށްޓަވައިފައިވާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް