ސިފައިންގެ މީހާއަށް އަނިޔާކުރި މައްސަލައިގަ ތިން މީހަކު ހައްޔަރުކޮށްފި

ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގަ ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅު...

07 Dec 2021 | 12:53

ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގަ ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގަ ހައްޔަރު ކުރީ 18 އަހަރާއި، 21 އަހަރާއި 29  އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

އެމީޙުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައިގަ މީގެ ކުރިން ފުލުހުން ބުނީ ފަހީމަށް އަނިޔާކުރީ ޒާތީ މައްސަލައެއްގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް