ހިޔާ ފުލެޓުތަކުގެ ފެން ރަނގަޅަށްބަލާއި ރަތްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިޔާ ޔޫނިއަން އިން ގޮވާލައިފި

ހިޔާ ފުލެޓުތަކުގެ ފެން ރަނގަޅަށްބަލާއި ރަތްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިޔާ ޔޫނިއަން އިން ގޮވާލައިފި އެވެ. އެ ޔޫނިއަން އިން މިހެން ގޮވާލާފައިމިވަނީ ބައެއް ފްލެޓުތަކުގެ ސިންކުގެ އިސްކޫރުނ...

07 Dec 2021 | 09:45

ހިޔާ ފުލެޓުތަކުގެ ފެން ރަނގަޅަށްބަލާއި ރަތްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިޔާ ޔޫނިއަން އިން ގޮވާލައިފި އެވެ.

އެ ޔޫނިއަން އިން މިހެން ގޮވާލާފައިމިވަނީ ބައެއް ފްލެޓުތަކުގެ ސިންކުގެ އިސްކޫރުންނާއި ފާޚާނާ އަދި މޫނު ދޮންނަ ތަށިން "ދަބަރުފެން" އަންނަކަމަށް ބުނެ އެތަނުގައި ދިރިއުޅޭ ބައެއް މީހުން ބުނަމުންދާތީ އެވެ.

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ ސިންކަކުން "ދަަބަރުފެން' އަންނަ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

މި ވީޑިއޯ އާއެކު ހިޔާ ޔޫނިއަން އިން ކޮށްފައިވާ ޓްވީޓުގައި ވަނީ ހިޔާގެ ވެރިންނަށް އިތުރަށް އިހުމާލު ނުވުމަށް ވެސް އެދިފަ އެވެ.

އެ ފްލެޓުތަކުން "ދަަބަރުފެން" އަންނަމައްސަލަ ބަލައިދިނުމަށް އެޗްޕީއޭ، އެމްޑަބްލިއުއެސްސީ، އެޗްޑީސީ، އެޗްއާރްސީމް، މާލޭ ސިޓީ ކައުންސިލު އަދި ރައްޔިތުންގެ މަޖިލީހާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން ވެސް ވަނީ އެދިފަ އެވެ.

https://twitter.com/HiyaaUnion/status/1467866884133429251?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1467866884133429251%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fcdn.embedly.com%2Fwidgets%2Fmedia.html%3Ftype%3Dtext2Fhtmlkey%3Dfd92ebbc52fc43fb98f69e50e7893c13schema%3Dtwitterurl%3Dhttps3A%2F%2Ftwitter.com%2Fhiyaaunion%2Fstatus%2F1467866884133429251image%3Dhttps3A%2F%2Fabs.twimg.com%2Ferrors%2Flogo46x38.png

މިކަމާއިގުޅިގެން އެމްޑަބްލިއުއެސްސީން ބުނީ އެފަދަ މައްސަލައެއް ލިބިގެން ބަލަމުންދާ ކަމަށެވެ. އަދި އެތަން ބޭނުންނުކޮށް ގިނަ ދުވަސްތަކެއްވަންދެން ހުރުމުގެ ސަބަބުން އެފަދަ މައްސަލައެއް ދިމާވެދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އެތަނަކީ ގިނަ ދުވަސްތަކަަކަށް ތަނުގެ ފެން ބޭނުން ނުކޮށް ހުރިތަނެއް. އެހެންވެ، ފުރަތަމަ ދުވަސްކޮޅު ފެން ބޭނުންކުރާއިރު ދަބަރު ކުލައިގެ ފެން އައުމަކީ ވެދާނެ ކަމެއް." އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ އެކަން ދިމާވާ ސީދާ ސަަބަބު އެނގޭނީ ބެލުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް