އިސްލާމް ދީނާއި ފުށުއަރާ ވާހަަކަތަކެއް ހިމެނޭ ފޮތެއް ރާއްޖޭގައި ވިއްކާ މައްސަލަ ބަލަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނިންމައިފި އެވެ.
އާންމު ފަރާތަކުން ޓްވިޓަރގައި އެ ފޮތުގެ މަޢުލޫމާތު ހިއްސާކޮށް ބުނެފައި ވަނީ އޭނާ އެ ފޮތް ގަތީ އިސްލާމް ދީނުގެ މަޢުލޫމާތު ލިބޭނެ ފޮތެއް ކަމަށް ބަލައިގެން ކަމުގަ އެވެ. އެހެންނަމަވެސް އެފޮތުގައި ހުރީ އިސްލާމް ދީނުގެ އުސޫލު ތަކާއި ޚިލާފު ވާހަކަ ތަކެއް ކަމަށެވެ.
އެގޮތުން އެ ފޮތުގައި ހުރިހާ ދީންތަކެއް އެއްކޮށްލުމަށް ހިިތްވަރު ދީފައިވާ ކަމުގައި ހާމަ ކޮށްފައި ވެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެ ޕޯސްޓަށް ޖަވަބުދާރީވެ، ބުނެފައިވަނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލާނެ ކަމުގައި ބުނެފައި ވެއެވެ.
މި މައްސަލަ މަދަނި ޖަމާއަތްތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ވެސް ހުށަހަޅާފައި ވެއެވެ. ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ހުށަހަޅާފައިވާ ސިޓީގައި އެދިފައި ވަނީ އައު ދީނެއް އުފައްދަން އުޅޭ މީހެއްގެ ފޮތެއް ރާއްޖޭގައި ވިއްކާ މައްސަލަ ތަހްގީގު ކޮށް، ޤާނޫނީ ގޮތުން ޒިންމާވާ ފަރާތްތަކާއި އިހްމާލުވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް