ވައިކަރަދޫގައި ގޭސްފުޅިއެއް ގޮވާ ބިދޭސީއެއް ފިހިއްޖެ

ހދ. ވައިކަރަދޫގައި ގޭސްފުޅިއެއް ގޮވާ ބިދޭސީއެއް ފިހިއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިހާދިސާ ހިނގީ މިއަދު ހެނދުނު 6 ޖަހާކަށްހާއިރު އެވެ. އަދި މި ހާދިސާގައި އަނިޔާލިބި...

07 Dec 2021 | 08:39

ހދ. ވައިކަރަދޫގައި ގޭސްފުޅިއެއް ގޮވާ ބިދޭސީއެއް ފިހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިހާދިސާ ހިނގީ މިއަދު ހެނދުނު 6 ޖަހާކަށްހާއިރު އެވެ. އަދި މި ހާދިސާގައި އަނިޔާލިބި، ފިހިފައިވަނީ ބިދޭސީ ޓީޗަރަކަށެވެ.

އެއީ އެ އަތޮޅު މަދަރުސާގައި ކިޔަވައިދެމުން އަންނަ ފިރިހެން ޓީޗަރެއް ކަަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އެރަށު ކައުންސިލުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވުމުގެ ސަަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"މި ހާދިސާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެއް ނުވޭ. އެކަމަކު ގޭސް ފުޅި ގޮވައި ވިއްސައިގެން ދިޔައިމަ ބަދިގެ ދޮރު ވަނީ ހަލާކުވެފަ." ކައުންސިލުން ބުންޏެވެ.

އޭނާއަށް ފަރުވާ ދިނުމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އޭނާގެ މޫނު ވަރަށްބޮޑަށް ފިހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެޓީޗަރުގެ މޫނު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް