ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަތޮޅޫތެރޭގެ ރަށްތަކަށް ވަޑައިގެންނަން ހަމަޖެހިއްޖެ އެވެ.
މިކަން ހާމަކުރީ ހުޅުމާލޭ ކައުންސިލަރު އިބްރާޙިމް ޝުޖާއު އެވެ. އެކަމަކު މި ދަތުރުފުޅު ފައްޓަވާނެ ތާރީހެއް ހާމައެއް ނުކުރައްވަ އެވެ.
ޝުޖާއު ވިދާޅުވީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޕެޓިޝަނަށް ސޮއި ހޯދުމަށް އެމަނިކުފާނާ ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށެވެ. މި ދަތުރުތަކުގައި އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ރަށްރަށަށް ވަޑައިގެން ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވައި ޝުކުރު އަދާކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މި ކެމްޕެއިން އިތުރަށް ފުޅާ ކުރުމަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޖަލު ހުކުމުން ސަލާމަތްވި ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ. އެމަނި
ކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ ކަމަށާއި ދިވެހި ރައްޔިތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ބޭނުން ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް