މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީގެ ކުންފުނި ސުނީ ސްޕެޝަން ޕްރޮޑަކްޝަންއަށް ބައިނަލް އަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.
އަމިއްލަ ރަށް އއ. އުކުޅަހުގައި ތައްޔާރު ކުރާ އުފެއްދުންތައް މާލެ ގެނެސް ޕްރޮމޯޓުކޮށް ވިއްކަނީ ސުނީގެ އެ ކުންފުނިންނެވެ. ސުނީ ސްޕެޝަލް ޕްރޮޑަކްޝަނަށް ލިބިފައިވަނީ އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވާ އެވޯޑު 2020/2021 އެވެ.
އޭޝިއާ އެވޯޑުގެ ވެބްސައިޓުގައި ވާގޮތުން އޭނާއަށް އެ އެވޯޑު ދީފައިވަނީ އެ ކުންފުނި މެދުވެރިކޮށް ތަކެތި އުފައްދައި ބާޒާރަށް ނެރެ ވިއްކުމުގައި ސުމަކުން ފެށި މަސައްކަތް ކުރިއަރުވަން ސުނީ އަމިއްލައަށް ކޮށްފައިވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށެވެ. އަދި ސުނީގެ މަސައްކަތަކީ ވިޔަފާރީގެ ދާއިރާއިން ކުރިޔަށް ދިއުމަށް ޒުވާނުންނަށް ހިތްވަރަކަށް ވެގެންދާކަމަށެވެ.
ސުނީ ސްޕެޝަން ޕްރޮޑަކްޝަނުން ބާޒާރަށް ނެރެނީ މުޅިންވެސް ދިވެހި އުފެއްދުންތަކެވެ. އޭގެ ތެރޭގައި ކާށިތެޔޮ، ކުޅިރޮށި، ތެލުލި ރިހާކުރު، ކުޑަކުދިންނަށް ހާއްސަ ތެޔޮ އަދި މަސްމިރުސް ފަދަ ބާވަތްތައް ހިމެނެ އެވެ.
https://www.youtube.com/watch?v=9u9u2g7kZN0&t=414s
ސުނީގެ އިތުރުން އޭޝިއާސް އައުޓްސްޓޭންޑިން ޕާފާމަންސް އެވޯޑު އިން ކަސްޓަމާ ސެޓިސްފެކްޝަން ދިވެއްސަކު ހޯދާފައިވެ އެވެ. މި އެވޯޑު ހާސިލް ކޮށްފައިވަނީ ޝާ ބިއުޓީ ސެލޫންގެ މެނޭޖާ ޕާޓްނާ އާމިނަތު ޝަޒްލާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް