ޔާމީން ސަރުކާރުގައި ފްލެޓު އެޅީ މަޖުބޫރީ ހާލަތުގައި، އިތުރު ގޮތެއް ނެތިގެން: ޔައުގޫބު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަވަސް އަރުވާލައިގެން ފްލެޓުތަކެއް އެޅީ މަޖުބޫރީ ހާލަތުގައި އިތުރު ގޮތެއް ނެތިގެން ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ. ރާއްޖ...

07 Dec 2021 | 07:15

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަވަސް އަރުވާލައިގެން ފްލެޓުތަކެއް އެޅީ މަޖުބޫރީ ހާލަތުގައި އިތުރު ގޮތެއް ނެތިގެން ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އަސާސީ ހައްގެއްކަން ދިވެހިންނަށް ބުނެދިނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ކުރިންވެސް މި ގައުމުގައި ވެރިކަންތައް އޮތް ކަމަށާއި އެކަމަކު އެމްޑީޕީ ވެރިކަމަށް އައުމާއި ހަމައަށް ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށް ވިސްނައިދީ، އެ ހައްގު ދިނުމަށް މަސައްކަތް ކުރެވިފައެއް ނެތް ކަމަށެވެ.

ޔައުގޫބު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފަހު ބޯހިޔާވަހި ކަމުގެ މަޝްރޫއު ހިންގަން ސަރުކާރުތަކަށް މަޖުބޫރުވީ ކަމަށެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ޖެހުނީ ނަޝީދުގެ ވެރިކަމުގައި އެ މަސައްކަތް ކުރެވިފައި އޮތުމުން އެއަށް ވުރެ ފުރިހަމަކޮށް ހިންގައިގެން ނޫނީ ވެރިކަމުގައި ދެމިނުހުރެވޭނެ ކަން އެނގޭތީކަމަށެވެ.

ހިޔާފްލެޓުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މަޝްރޫއު ހިންގާފައި އޮތީ ރަނގަޅަށް ނޫން ކަމަށެވެ.  ވަރުގެ ޖާގައިގެ ފްލެޓްތަކަކީ ދިވެހިންނަށް އެންމެ ހައްގު މިންވަރު ނޫން ކަމަށާއި ޔާމީނަށް ވެސް ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް