އަފްގާނިސްތާނުގެ ވެރިކަން ވައްޓާލައި މިދިޔަ އޮގަސްޓު މަހު އެ ގައުމުގެ ވެރިކަމަަށް އެރި ތޯލިބާން ސަރުކާރުގެ އާބަން އެންޑް ހައުސިން މިނިސްޓަރު އައްޔަން ނުކޮށްގެން ކޮންސްޓްރަކްޝަން ދާއިރާ ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ވެރިކަމާއި ހަވާލުވިތާ ހަތަރު މަސްވީ އިރުވެސް ހައުސިން މިނިސްޓަރުގެ މަގާމު ހުސްކޮށް އޮތުމުން ކުރިން ހިނގަމުން އައި ކޮންސްރަކްޝަން ދާއިރާ ހުއްޓުނީ ކުންފުނިތައް ހިންގޭނެ ގޮތެއް ނެތި މުސާރަ ނުދެވި މުވައްޒަފުންގެ ވަޒީފާތައް ގެއްލުމުންނެވެ. މިނިސްޓަރަކު ނެތުމުން އެ ދާއިރާގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ދޫކުރަން ޖެހޭ އެއްވެސް ހުއްދައެއް އަދި ފައިސާއެއް ދުލެއް ނުކުރެ އެވެ.
އަފްގާނުގެ ކޮންސްޓަރްޝަން ޔޫނިއަންގެ ވެރިޔާ ފަރީދް ތަތަރް ބުނީ އެ މައްސަލައިގަ ބޮޑުވަޒީރާއި ބޮޑުވަޒީރުގެ ނައިބާއި އެކު ދެތިން ބައްދަލުވުމެއް ބޭއްވިއްޖެ ކަމަށެވެ. އެކަމަކު އެ ދާއިރާ އަވަހަށް ހިނގައި ގަންނާނެ އަލި މަގެއް އެ ބައްދަލުވުންތަކުން ތޯލިބާނުންގެ ބޮޑުވަޒީރު ދައްކަވަމުން ނުދާ ކަމަށް އޭނާ ބުންޏެވެ.
މަޝްވަރާތަކުން އަލި މަގެއް ނުފެނުމުން ދޭހަވަނީ ތޯލިބާން ސަރުކާރަށް ތަރައްގީ އާއި ކޮންސްރަކްޝަން ދާއިރާއަކީ މުހިންމު ދާއިރާތަކަށް ނުވާކަންކަމަށެވެ. ހާއްސަކޮށް މި ފިނި މޫސުމުގައި ބޮޑެތި ގޮންޖެހުމާއި ކުރިމަތިވެ މާލީގޮތުން ރައްޔިތުން ނިކަމެތިވާނެ ކަމަށް ބުންޏެވެ.
މި މައްސަލައިގަ ތޯލިބާން ސަރުކާރުގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ބިލާލް ކަރީމީ ވިދާޅުވީ ހައުސިން އެންޑް އާބަން މިނިސްޓަރުގެ މަގާމަށް އެކަށީގެންވާ މީހަކު ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ މަގާމަށް މީހަކު އައްޔަން ކުރާނެ ކަމަށް ވިދާޅުވި އެވެ.
އަފްގާނުގައި 2،500 އެއްހާ ކޮންސްޓްރަކްޝަން ކުންފުނި ހަރަކާތްތެރިކަމާއި އެކު މަސައްކަތް ކުރި އެވެ. އެކަމަކު ތޯލިބާނުން ވެރިކަމާއި ހަވާލުވުމާއި އެކު އެ ކުންފިނިތަކުގެ މަސައްކަތް މިހާރު އޮތީ އެއްކޮށް ހުއްޓިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް