މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގައުމީ ބިލިއަރޑް މުބާރާތުގެ އަންހެން ޑިވިޝަން ޗެމްޕިއަންކަން ދީނާ އަހްމަދު ހޯދައިފި އެވެ.
ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ދީނާ ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އާމިނަތު އަޒްރާ ގެ މައްޗަށް ކުރި ހޯދައިގެން ނެވެ.
އަންހެން ރޭންކިންގ ގެ ދެވަނައިގާ އޮތް ދީނާ އާއި ރޭންކިންގ ގެ ހަތަރުވަނައިގާ އޮތް އަޒްރާ ބައްދަލުކުރި ފައިނަލް މެޗު ދީނާ ހޯދީ 7-4 ފްރޭމުން ނެވެ.
އެ ޑިވިޝަންގެ ތިންވަނަ ހޯދީ މަރިޔަމް ހުދުނާ އެވެ.
މި މުބާރާތުގައި ހިމެނޭ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ފައިނަލު މެޗު ވެސް ރޭ ކުޅެފައިވާ އިރު، ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި ރޭންކިންގގެ ހަވަނަގައިގައި އޮތް މުހައްމަދު ޝާހިލް ހަމީދު އަތުން 11-7 ފްރޭމުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ފަޔާޒެވެ. އެ ޑިވިޝަންގެ ތިންވަނަ ހޯދީ ޝާޒެވެ.
ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ. އޭނާ ޗެމަޕިއަންކަން ހޯދީ ފައިނަލުގައި އަލީ ޝާވިން އަތުން 7-11 ފްރޭމުން މޮޅުވެގެން ނެވެ. އެ ޑިވިޝަންގެ ތިންވަނަ ހޯދީ އިބްރާހިމް ރަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް