ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ބެހޭ މައުލޫމާތުތަކެއް ފެންޑޯރާ ޕޭޕާސްއިން ފަޅާއަރުވާލައިފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމަށް ހިންގި މުއާމަލާތާއި ބެހޭ މައުލޫމާތުތަކެއް ޕެންޑޯރާ ޕޭޕާސްއިން ފަޅާ އަރުވާލައިފި އެވެ. ފެންޑޯރާ ޕޭޕާސްއިން ގައުމުތަކުގައި ހިންގާ ކޮރަޕްޝަނާއި...

07 Dec 2021 | 02:13

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމަށް ހިންގި މުއާމަލާތާއި ބެހޭ މައުލޫމާތުތަކެއް ޕެންޑޯރާ ޕޭޕާސްއިން ފަޅާ އަރުވާލައިފި އެވެ.

ފެންޑޯރާ ޕޭޕާސްއިން ގައުމުތަކުގައި ހިންގާ ކޮރަޕްޝަނާއި ގުޅުން ހުރި ލިޔެކިޔުންތައް މީގެ ކުރިން ފަޅާއަރުވާލާފައިވެ އެވެ. އޭގެ ތެރޭގައި ނުފޫޒު ހުރި ވިޔަފާރިވެރިންނާއި ގައުމުތަކުގެ ވެރިންނާއި އެ މީހުންނާ ގުޅުން ހުރި ފަރާތްތައް ހިމެެނެ އެވެ.

ޕެންޑޯރާގެ ލިޔުންތަކުގައި ވާގޮތުން ފުއްގިރި ކުއްޔަށް ދީފައިވަނީ ބިޑަށް ލުމަކާނުލައި، 1.55 މިލިއަން ޑޮލަރަށް، ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑަށެވެ. އެއީ އިންޑިއާގެ ޕޫނޭގެ ނުފޫޒު ގަދަ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ އާއިލީ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި އުޅޭ އެހެން ވިޔަފާރިވެރިއެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕްގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ.

ބޮސާލޭގެ އާއިލީ ވިޔަފާރިން މި ކުންފުނީގެ 50 ޕަސެންޓް ހިއްސާވެ 8.5 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އެރަށް ކުއްޔަށް ނެގުމުގެ މުއާމަލާތް ހިންގާފައި ވަނީ ރަޝިއާގެ ބާރުގަދަ މީހެއް ކަމަށްވާ ކެރިލް އެންޑްރޮސޯވް ކަމަށެވެ. އޭނާ އަކީ ކުރިން ރަޝިއާ ރައީސް ވްލަޑިމިއާ ޕޫޓިންގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އެވެ.

ފުއްގިރި ގަތުމުގެ މުއާމަލާތް ކުރުމަށް އެންޑްރޮސޯވް ފަންޑް ހޯދާފައި ވަނީ ރަޝިއާގައި ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕެއް ކަމަށްވާ ސޮންޓްސްވޯ ގްރޫޕްގެ ވެސް ބައިވެރިވުމާއި އެކުގައެވެ. އެކަން ކޮށްފައި ވަނީ 2015 ވަނަ އަހަރު ކަމަށް ވެސް ޕެންޑޯރާ ޕޭޕާސްގައި ބުނެފައި ވެއެވެ.

ފުއްގިރި ދޫކޮށްފައި ވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންސް ގްރޫޕް ލިމިޓެޑުން، ޔާމީންގެ އެކުވެރިއަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ޕެންޑޯރާ ޕޭޕާސް އިން ކުރި ތުހުމަތުތައް ރަޝިއާގެ އެންޑްރޮސޯވް ވަނީ ދޮގު ކޮށްފައެވެ. ރިޕޯޓްގައި ހިމެނޭ އެހެން މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގޮތުން އެމީހުންގެ ބަހެއް ލިބިފައި ނުވާ ކަމަށް ވެސް ޕެންޑޯރާ ޕޭޕާސްގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް