ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާވި މައްސަލައެއް ބަލަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ އިނގިއްޔަކަށް އަނިޔާވެފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެއީ ދެ ފުލުހަކަށް ބިރު ދައްކާ އިންޒ...

07 Dec 2019 | 10:23

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ އިނގިއްޔަކަށް އަނިޔާވެފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެއީ ދެ ފުލުހަކަށް ބިރު ދައްކާ އިންޒާރުދީ އަދި އެމީހުންގެ މުދަލަށް ގެއްލުންދީގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައްޔަރުކުރި އުމުރުން 25 އަހަރުގެ މީހެކެވެ.

އޭނާ ހައްޔަރަށް ވެއްދިއިރު އެއްވެސް އަނިޔާއެއް ހުރިކަމުގެ މައުލޫމާތެއް ލިބިފައިނުވިނަމަވެސް ރޯގާ ޖެހިގެން އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އިނގިލީގައި ރިއްސާކަމަށް ބުނުމުން އެކްސްރޭއެއް ނެގި އިރު ކަނާތު އިނގިއްޔެއްގެ ކަށިގަނޑަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އޭނާ މިހާރު ދޫކޮށްލާފައިވާއިރު ފުލުހުން ބުނެފައިވަނީ މި އަނިޔާ އޭނާއަށް ލިބުނީ ކިހިނެއްތޯ ބެލުމަށް ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ. އަދި އޭނާގެ އާއިލާއަށްވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުގެ ނަމްބަރު ހިއްސާކުރުމަށްފަހު ކުރިއަށްދާނެގޮތް ވަނީ ކިޔާދެވިފައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް