އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން ފާސްކޮށްފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން...

07 Dec 2019 | 09:43

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެގޮތުން މިއަދު ކުރިއަށްދާ، މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާގައި މި ދެބޭފުޅުން އައްޔަނުކުރަން ވޯޓަށް އެހުމުން ފަނޑިޔާރުކަމަށް މުއުތަސިމް އައްޔަންކުރަން ފާސްވީ 68 މެމްބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް ސުއޫދު އައްޔަންކުރަން ފާސްވީ 64 މެމްބަރުންގެ ވޯޓުންނެވެ. ސުއޫދު އައްޔަންކުރަން ނުފެންނަ ކަމަށް އެއް ބޭފުޅަކު ވޯޓުދެއްވިއެވެ.

އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް އައްޔަންކުރަން ފާސްކޮށް އަދި ފަނޑިޔާރުކަމަށް ހުސްނުއް ސުއޫދު އައްޔަންކުރަން ފާސްކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެބޭފުޅެއްގެ ނަންފުޅު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވިއެވެ. ނަމަވެސް ރައީސް ފޮނުއްވި ނަންފުޅެއް ކަމުގައިވާ ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ނަންފުޅު ޖޭއެސްސީން މަޖިލީހަށް ފޮނުވާފައެއް ނުވެއެވެ. އެއީ އޭނާގެ މައްސަލަތަކެއް ބަލަމުން އަންނާތީއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު، ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނިކޮށް ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔަރ ކުރެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް