ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރު ތައާރަފް ކުރި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މި ފެށިގެންދާ ޕްރޮމޯޝަންގައި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތައް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.
މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެއެވެ.
މިހާރު ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިޔަށްދާ މަސްވެރިންގެ އެކްސްޕޯގައިވާ ބީއެމްއެލްގެ ސްޓޯލުން މަސްވެރިޔާ ކާޑާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށާއި އަދި މި ކާޑަށް އެދި ހުށަހަޅާ ފޯމުވެސް ބަލައިގަންނާނެ ކަމުގައި ބީއެމްއެލްއިން ބުނެއެވެ.
މި ހާއްސަ ޕްރޮމޯޝަން ކުރިޔަށް ދަނީ 10 މާރިޗު 2020 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް