ރައުދާއި މަރާ ގުޅޭ ތަހުގީގު ރިޕޯޓުވެސް ރައީސަށް ފޮނުވައިފި

ބަންގްލަދޭޝްގައި މަރުވި ރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ރިޕޯޓު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވައިފި އެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވ...

07 Nov 2019 | 13:53

ބަންގްލަދޭޝްގައި މަރުވި ރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ރިޕޯޓު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވައިފި އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ރައުދާ މަރުވި މައްސަލަ ކޮމިޝަނުން ބަލައި ނިންމުމަށްފަހު އެކުލަވާލި ރިޕޯޓު ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

https://twitter.com/DdcomMdv/status/1192391031800705030?s=20

ބަންގްލަދޭޝްގެ ރާޖްޝަހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން އައި ރައުދާގެ ހަށިގަނޑު ފެނިފައި ވަނީ ކޮލެޖު ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރޭގައި ދަންޖެހިފައި ހުއްޓައެވެ. އެއީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ރައުދާ ވަޅުލުމުގެ ކުރިން އަދި ވަޅުލުމަށްފަހު ދެވަނަ ފަހަރެއްގެ މަތިންވެސް އޮޓޮޕްސީ ހެދިއެވެ. އަދި މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ތަފާތު ފަސް ފަހަރަކު އޭނާގެ މަރުގެ ތަހުގީގު ހިންގާފައިވެއެވެ. މާޗު މަހު ނިންމާލި ފަސްވަނަ ތަހުގީގުގެ ރިޕޯޓު މިހާރު ވަނީ އެގައުމުގެ ފުލުހުންގެ މައި އިދާރާއަށް ފޮނުވާފައެވެ

ރައުދާގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން ތަހުގީގުކޮށްދިނުމަށް އެދި އާންމުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، ކޮމިޝަނުން ބަލަން ނިންމި 24 މައްސަލައިގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް