ޖޭއެސްސީން ފޮނުވި ރިޕޯޓަކާއި އުއްތަމަ ފަނޑިޔާރު ހަވާލެއް ނުވި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ހަވާލުކުރުމަށް ސުޕްރީމް ކޯޓަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ފޮނުއްވި ތަހުގީގު ރިޕޯޓު އަނބުރާ ކޮމިޝަނަށް ފޮނުވާލައިފިއެވެ. ޖޭއެސްސީއިން މިއަދު ސު...

07 Nov 2019 | 13:47

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ހަވާލުކުރުމަށް ސުޕްރީމް ކޯޓަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ފޮނުއްވި ތަހުގީގު ރިޕޯޓު އަނބުރާ ކޮމިޝަނަށް ފޮނުވާލައިފިއެވެ.

ޖޭއެސްސީއިން މިއަދު ސުޕްރީމް ކޯޓަށް ތަހުގީގު ރިޕޯޓެއް ފޮނުވާފައިވާކަން ހާމަކުރި ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅޭ ރިޕޯޓެއް ކަމެއް ނުބުނެ އެވެ. މިކަމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުންވެސް އަދި ޖޭއެސްސީން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖޭއެސްސީން އަންނަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ބަލަމުންނެވެ. އެ މައްސަލަތައް ބަލަން ފަށައި، އެ ކޮމިޝަނަށް ހާޒިރުވާން އެންގެމުން އެކަމާ ދެކޮޅު ހައްދަވައި އުއްތަމަ ފަނޑިޔާރު ވަނީ ބަޔާނެއް ވެސް ނެރުއްވާފައެވެ. އެއާއެކު ޖޭއެސްސީން ވަނީ ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި އެކަން ވެސް ބަލަން ނިންމާފައެވެ.

އޭގެއިތުރުން އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ އެސްޖީއަށް ބިރު ދައްކައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ވަނީ ބަލަން ފަށާފައެވެ.

ޖޭއެސްސީ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ގާނޫނުން ބަދަލުތައް ގެނެސް، ކުރިން ސުޕްރީމް ކޯޓަށް ދީފައި ހުރި ބާރުތައް ހަނިކޮށްފައި ވާތީ އެކަމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ވަނީ ބަޔާންތަކެއް ވެސް ނެރުއްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް