ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ރައީސަށް ފޮނުވައިފި

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެ ކޮމިޝަނުން ފޮނުވައިފިއެވ...

07 Nov 2019 | 09:57

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެ ކޮމިޝަނުން ފޮނުވައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލަ ރިޔާސީ ކޮމިޝަނުން ބަލާ ނިންމި ގޮތުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

https://twitter.com/DdcomMdv/status/1192374829170774017?s=20

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނައިރު މި ވޭތުވެދިޔަ ދެ މަސް ތެރޭގައި އެ ކޮމިޝަނުން ވަނީ އެ މައްސަލައިގެ ބައެއް މައުލޫމާތުތައް މީޑިއާއަށް ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެ ތަހުގީގުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާއިރު އޮކްޓޫބަރު މަހު ވަނީ މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފައެވެ. ހާމަކުރާނެ މައުލޫމާތުތަކުގެ ތެރޭގައި މިކަން މީހުންގެ މައުލޫމާތާއި އަދި މިކަން ރޭވި މީހުންގެ މައުލޫމާތު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އެ މަސް ނިމިގެން ދިޔައިރުވެސް މައްސަލައިގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގޭ، ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް