ފުލުހުންގެ އިހުމާލުން ދޫވި ދިވެހި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އަލުން ހައްޔަރުކުރަން ހައިކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.
ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން މި އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައެވެ.
18 އަހަރުން ދަށުގެ ކުދިންތަކަކާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަން ގޮސް ހުއްޓައެވެ.
އޭނާ ބަންދުން ދޫވީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރި އިރު، އޭނާ ހައްޔަރު ކުރިތާ 24 ގަޑިއިރު ހަމަވެފައިވާތީ، އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް