ރޮޒައިނާގެ މައްޗަށް ޖާބިރު ކުރެއްވި ޚިޔާނާތުގެ ތުހުމަތު ރޮޒައިނާ ދޮގުކުރައްވައިފި

މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމްއަށް ކުރެއްވި ޚިޔާނާތުގެ ތުހުމަތު ރޮޒައިނާ ދޮގުކުރައްވައިފިއެވެ. އެހެންނަމަވެސް އ...

07 Nov 2019 | 07:29

މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމްއަށް ކުރެއްވި ޚިޔާނާތުގެ ތުހުމަތު ރޮޒައިނާ ދޮގުކުރައްވައިފިއެވެ.

އެހެންނަމަވެސް އެ ވާހަކަތައް ދޮގު ކުރައްވާ ރޮޒޭނާ ވިދާޅުވީ އޭނާގެ އެއްވެސް ގެސްޓްހައުސްއެއް ނުހުންނާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ކަމަށް ޖާބިރު ވިދާޅުވި ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒޭނާ އިތުރަށް ވިދާޅުވީ އޭނާގެ ފިރިކަލުން ނާޝިޒްގެ ގެސްޓްހައުސެއް ކ. ހުރާގައި ހުންނަ ކަމަށާއި އެއީ ބޭރުގެ ދެ އިންވެސްޓަރުން އިންވެސްޓްކޮށްގެން ހަދާފައި ހުރި ގެސްޓްހައުސްއެއް ކަމަށެވެ. އަދި އެއީ ޚިޔާނާތުގެ ފައިސާއިން ހަދާފައި ހުރި ތަނެއް ނޫންކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ބިލަށް މަޖިލިހުގައި އިއްޔެ ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރޮޒެއިނާއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށެވެ.

އެހެންވެ، މަޖިލިހުން ރައީސާއި ރޮޒެއިނާގެ މައްސަލަ ބަލަން ޖެހޭ ކަމަށް ވިދާޅުވެ، ޖާބިރު ވަނީ އެ ދެ ބޭފުޅުންގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލިހަށް ސިޓީއަކުން ހުށަހަޅުއްވާފައެވެ.

އެސިޓީގައި ޖާބިރު އެދިވަޑައިގެންފައިވަނީ މަޖިލިހުން އެ މައްސަލަ ބެލުމަށް ފަހު، ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނަށް އެކަން ހުށަހަޅާ ދިނުމަށެވެ.

ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން ރޮޒެއިނާ ގެސްޓްހައުސްއެއް އަޅުއްވާފައިކަމަށާއި ރޮޒެއިނާގެ މައްސަލަ ބަލާ އިރު، އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒަށް މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

މި ބަހުސްގައި ޖާބިރުގެ އަތުން ރައީސްވެސް ވަރަށް ގިނަ ފައިސާ ނަންގަވާފައިވާކަމަށް ވިދާޅުވިއެވެ. އެކަމަކު އެއީ ކިހާ އަދަދެއްކަމެއް ހާމައެއް ނުކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް