އިންޑޮނޭޝިޔާގެ ކުންފުންޏަކުން އުފައްދާ އައިނަކަށް އެ ގައުމުގެ އިންޑަސްޓްރީ މިނިސްޓްރީން ހަލާލު ސެޓިފިކެޓު ދޫކޮށްފިއެވެ.
މި ސެޓިފިކެޓް ދޫކޮށްފައިވަނީ ޕީ.ޓީ އެޓައްލާ އިންޑޮނޭޝިޔާ ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާފައިވާ އައިނަކަށެވެ.
2014 ގައި އިންޑޮނޭޝިޔާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނެއްގައި ބުނެފައިވާގޮތުގައި މި އަހަރުގެ އޮކްޓޯބަރު މަހުގެ 17ގެ ކުރިން، އެ ގައުމުގެ ކާނާ އުފައްދާ ކުންފުނިތަކުން ހަލާލު ސެޓިފިކެޓް ހޯދަން ޖެހެއެވެ. އަދި އެހެނިހެން އުފެއްދުންތައް އުފައްދާ ކުންފުނިތަކަށްވެސް ހަލާލު ސެޓިފިކެޓް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ކުންފުންޏަކީ ދުވާލެއްގެ މައްޗަށް 60 ހާހަށްވުރެ ގިނަ އައިނު އުފެއްދުމުގެ ކެޕޭސިޓީ ހުރި 500 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނިން ބުނެފައިވާގޮތުގައި ހަލާލު ސެޓިފިކެޓް ހޯދީ ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް