ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ފްރާންސްގެ ނޫސްވެރިން

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްރިހާކުރުމަށް ފްރާންސްގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ. މިއީ އެމްއެމްޕީއާރުސީ އިން އެކިއެކި ގައުމުތަކުގެ ނޫސްވެރިންނާއި މަޝްހޫރު ފަންނާނުން ރާއްޖެ ...

07 Nov 2019 | 07:00

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްރިހާކުރުމަށް ފްރާންސްގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

މިއީ އެމްއެމްޕީއާރުސީ އިން އެކިއެކި ގައުމުތަކުގެ ނޫސްވެރިންނާއި މަޝްހޫރު ފަންނާނުން ރާއްޖެ ގެނެސް ސިލްސިލާކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ މިފަދަގޮތަކަށް އެހެން ގައުމެއްގެ ޓިމެއް ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ގެނަ 17 ވަނަ ފަހަރެވެ.

ފްރާންސްގެ ނޫސްވެރިން ރާއްޖޭގައި 10 ދުވަސް ހޭދަކުން ހަމަޖެހިފައިވާއިރު، މި ޓީމު ތިބުމަށް ހަމަޖެހިފައި ވަނީ ވެލައްސަރު، ހުވަފެންފުށި، ޔޮޓް މޯލްޑިވްސް އަދި ކަނޑިންމަ ރިސޯޓުގަ އެވެ.

ފްރާންސް ނޫސްވެރިންގެ މި ޚާއްސަ ދަތުރުގައި، ރާއްޖޭގެ ރިސޯޓުތަކުން ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތަކާއި، ދިވެހި ސަޤާފަތާއި އާދަކާދައިގެ އިތުރުން، ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާ ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ތަޖުރިބާތައް އެމީހުން މަސައްކަތްކުރާ މީޑިއާތައް މެދުވެރިކޮށް ހިއްސާކުރާނެ އެވެ.

ފްރާންސްގެ ނޫސްވެރިންގެ ޓީމުގައި ނީސް މާޓިން އާއި ޕެރިސްމެޗާއި ޓައިމްއައުޓްގެ އަދި އެލް އޮފިޝަލްގެ އިތުރުން މޭރީ ފްރާންސަށް ލިޔާ ތަޖުރިބާކާރު ނޫސްވެރިން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް