ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ށ. ފޭދޫ ރައްޔިތުން ޕްލާސްޓިކާ ދުރަށް އެއް ފިޔަވަޅު ކުރިއަށް

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. ފޭދޫގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އެ ރަށުގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފިއެވެ. މިއީ ކޮމިއުނިޓ...

07 Nov 2019 | 07:00

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. ފޭދޫގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އެ ރަށުގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފިއެވެ.

މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރ ގައި އިފްތިތާހު ކުރެވުނު ފުރަތަމަ ޕްރޮޖެކްޓްއެވެ.

ފޭދޫގައި މިކަން ރަސްމީކޮން އިފްތިތާހު ކުރުމުގެ ގޮތުން ވަނީ އެރަށުގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފައެވެ. މިގޮތުން ފޭދޫގައި 1000 ފުޅި ވަނީ ބަހާފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމެކެވެ.

" ތިމާވެށި ހިމާޔަތްކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދެން. އަޅުގަނޑުމެންގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްގޮސް މިރަށަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

" ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް ރަނުގެ ފުރުސަތެއް. މިގޮތުން ކޮމިއުނީ ފަންޑު އިއުލާނު ކުރުމުން ޖަމިއްޔާއިން ވިސްނީ މިރަށަށް މިވަގުތު އެންމެ މުހިންމު ކަން. ފަންޑުގެ އެހީގައި މިރަށުގެ ކޮންމެ ގެއަކަށް މިއަދު މި ވަނީ ބިއްލޫރި ފުޅި ހަދިޔާ ކުރެވިފަ. މިއީ، މި ރަށުގެ ހުރިހާ ރައްޔިތުންވެސް ޕްލާސްޓިކް ނޫން ގޮތެއް ހިޔާރު ކުރުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއް."  ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި ފޭދޫ އެންވަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ގެ ފަރާތުން އިސްމާއިލް ފަޒީލް ވިދާޅުވިއެވެ.

މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް