އެހާ އަވަހަށް ދެން ލޯބިވެރިއަކު ބޭނުންނުވާކަމަށް ބޮލީވުޑްގެ ބަތަލާ އިލިއާނާ ޑިކްރޫޒް ބުނެފިއެވެ.
އިލިއާނާ އޭނާގެ ކުރީގެ ލޯބިވެރިޔާ އެންޑްރޫ ނީބޯން އާއި ވަކިވީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭނާ ހުރީ ހުސްކޮށް ކަމަށް އޭނާ ކުރިން ދިން އިންޓްވިއުއެއްގައި ވަނީ ބުނެފައެވެ.
ސެލެބްރިޓީ ޓޯކް ޝޯވއެއްގައި ލޯބިވެރިޔަކު އިހުތިޔާރުކުރަން ވިސްނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން އިލިއާނާ ބުނީ މިވަގުތު އެކަހަލަ އެއްވެސް ކަމަކާ ނުވިސްނާ ކަމަށާއި، ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅެން ބޭނުންނުވާ ކަމަށެވެ.
އިލިއާނާ އިތުރަށް ބުނީ، ބްރޭކްއަޕްގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ތެރެޕިސްޓެއް ކައިރިއަށް ވެސް ދިޔަކަމުގައެވެ. އަދި އޭގެ ފަހުން ހުރިހާ ކަމެއް ވެސް ވަރަށް ރަގަޅު ކަމަށް ފާހަގަކޮށް އިލިއާނާ ބުނީ ތެރެޕިސްޓް ވެސް އޭނާ މިހާރު ހަމައަކަށް އެޅިއްޖެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން އިތުރު މީހަކާ ލޯބީގެ ގޮތުން ގުޅެން ބޭނުންނުވާ ކަމަށް އޭނާ ވަނީ އެޝޯވ ގައި ތަކުރާރުކޮށް ބުނެފައެވެ.
އެންޑްރޫ އާއި ވަކިވުމަށްފަހު އިލިއާނާ ވަނީ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އޭނާ އަންފޮލޯ ކޮށްފައެވެ. އަދި އިންސްޓްގްރާމަށް އަޕްލޯޑްކޮށްފައިވާ ދެމީހުން އެކީ ނަގާފައިހުރި ހުރިހާ ފޮޓޯއެއްވެސް ވަނީ ޑިލީޓް ކޮށްލާފައެވެ.
އިލިއާނާ މިހާރު ކުރަނީ އޭނާ އެންމެން އަވަހަށް ފެނިގެންދާނެ ފިލްމް "ޕާގަލްޕަނަތީ" ޕްރޮމޯޓް ކުރުމުގެ މަސައްކަތެވެ. އެ ފިލްމު މިމަހު 22 ވަނަ ދުވަހު އަޅުވަން ހަމަޖެހިފައިވާއިރު، އިލިއާނާ އާއި އެކީ ދެން އެފިލްމުން ފެނިގެންދާނީ ޖޯން އަބްރަހަމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް