ރާއްޖޭގެ ޖުޑީޝަރީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަށް އިންޑިއާ ކެބިނެޓުން ހުއްދަ ދީފި

ރާއްޖޭގެ ޖުޑީޝަރީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމަށް އިންޑިއާގެ ކެބިނެޓުން ހުއްދަ ދީފިއެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖެ...

07 Nov 2019 | 05:00

ރާއްޖޭގެ ޖުޑީޝަރީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމަށް އިންޑިއާގެ ކެބިނެޓުން ހުއްދަ ދީފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު މިކަމަށް ވެފައިވާ އެއްބަސްވުމަށް އިންޑިއާގެ ޔޫނިއަން ކެބިނެޓުން ހުއްދަ ދީފައިވަނީ އިއްޔެއެވެ.

މި ޕްރޮގްރާމްގެ ދަށުން ޖުޑީޝަރީ ދާއިރާއިން މީހުން ތަމްރީނުކޮށްދިނުމުގެ އިތުރުން ޓެކްނޯލޮޖީއާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

މިހާރު ރާއްޖޭގައި އޮތް ސަރުކާރާކީ އަވަށްޓެރި އިންޑިއާއާއި ވަރަށް ގާތް ގުޅުމެއް ގާއިމްކޮށް ދަމަހައްޓަމުން އަންނަ ސަރުކާރެކެވެ. ނިމިދިޔަ، ރައީސް ޔާމީންގެ ސަރުކާރުން މިފަދަ ގުޅުންތައް ދަމަހައްޓާފައިވަނީ މައިގަނޑުގޮތެއްގައި ޗައިނާއާއިއެކީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް