"ނެޝަނަލް ކޮންފަރެންސް އޮން ރިވައިޓަލިޒިން ޕަބްލިކް ހެލްތް" މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށްދިޔަ މި މަހާސިންތާއަކީ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަށްޓަކައި މަޝްވަރާކޮށް ކަންތައްތަކެއް ނިންމުމުގެ ގޮތުން ކުރިޔަށްގެންދިޔަ މަހާސިންތާއެކެވެ.
އެގޮތުން މިރޭ މަހާސިންތާ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އާންމު ޞިއްޙަތާ ގުޅޭ ގޮތުން އެކުލަވާލެވިފައިވާ ޤައުމީ މަގުޗާޓު ވަނީ ރަސްމީގޮތުން އިފްތިތާޙްކޮށްފައެވެ. މި މަހާސިންތާގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އެހާރާއި މިހާރުގެ ފަންނުވެރިންނާއި ޚިދުމަތްތެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް