އިންޑިއާގެ ސައިންސް ފެސްޓިވަލްގައި މިނިސްޓަރު މަލީހު ބައިވެރިވެވަޑައިގެންފި

އިންޑިއާ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ޝައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރައްވައިފިއެވ...

07 Nov 2019 | 04:26

އިންޑިއާ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ޝައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރައްވައިފިއެވެ.

އިންޑީއާގެ ކޮލްކަތާގައި މިހާރު ކުރިއަށްދާ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހު ވަނީ އިންޑިއާއިން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައިފައެވެ. އަދި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާގެ ހޯދުންތައް އަވަށްޓެރި ގައުމުތަކަށް ވާސިލުކޮށްދިނުމާއި ނޮލެޖް ޓްރާންސްފަރ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ވަނީ އެކަމަށް ގޮވައިލައްވާފައެވެ.

މިނިސްޓްރު މަލީހު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ އިންސްޓިޓިއުޝަންތަކާއި ރާއްޖެއާއި އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށާއި، ސައިންސާއި ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސްގެ ދާއިރާ ރާއްޖޭގެ ތައުލީމީ މަންހަޖުގައި ހިމެނުމަށް  ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ވެދެވޭނެ އެހީގެ މައްޗަށް އަލިއަޅުއްވައިލިއެވެ.

މީގެ އިތުރުން، މިސަރަހައްދު ދުނިޔޭގެ ޓެކްނޮލިޖީގެ ހަބަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށާއި، ސާކުގެ ގައުމުތަކުގެ ތެރެއިން މިކަން ކުރެވޭނެ ގޮތްތަކުގެ މައްޗަށް ވެސް މިނިސްޓަރު އަލިއަޅުއްވައިލެއްވިއެވެ.

މިރަސްމިއްޔާތުގައި އިންޑިއާގެ ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްރ ޑރ. ހާސް ވަރްދަންގެ އިތުރުން، ބޫޓާން، އަފްޣާނިސްތާން، މިޔަންމާގެ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިސައިންސް ފެއާ ކުރިއަށްދާއިރު، ފަސް ދުވަހުގެ މުއްދަތަކަށް މިފެއާ ކުރިއަށް ދާނެއެވެ. މިއީ އިންޑީއާގެ އެކި ސަރަހައްދުތަކުގައި މިފަދަ ގޮތަކަށް ބޭއްވޭ ފަސްވަނަ ސައިންސް ފެއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް