ބެންގަލޫރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ ޒުވާނަކު އަތުލައިގެންފި

ވައިގެމަގުން އިންޑިއާގެ ކަރްނާޓަކާގެ ބެންގަލޫރުން ރާއްޖެ އެތެރެކުރަން އުޅުނު ދެ މީހަކު މަސްތުވާތަކެއްޗާއެކު އަތުލައިގެންފިއެވެ. ކަސްޓަމްސުން ބުނެފައިވާގޮތުގައި މި މަހުގެ ދެވަނަ ދުވަހު ހަވީރު ރާއްޖެ އަ...

07 Nov 2019 | 04:13

ވައިގެމަގުން އިންޑިއާގެ ކަރްނާޓަކާގެ ބެންގަލޫރުން ރާއްޖެ އެތެރެކުރަން އުޅުނު ދެ މީހަކު މަސްތުވާތަކެއްޗާއެކު އަތުލައިގެންފިއެވެ.

ކަސްޓަމްސުން ބުނެފައިވާގޮތުގައި މި މަހުގެ ދެވަނަ ދުވަހު ހަވީރު ރާއްޖެ އައި އުމުރުން 24 އަދި 23 އަހަރުގެ ފިރިހެނެއްގެ ލަގެޖު ކަސްޓަމްސުން އެކްސްރޭ ކުރިއިރު، ފޮށި ތެރޭގައި އެއްޗެއް ފޮރުވާފައި ހުރިކަމަށް ފާހަގަކުރެވި ފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ.

"ފުރަތަމަ މަރުހަލާގައި މި ތަކެތި ކަސްޓަމްސްއިން ޓެސްޓް ކުރިއިރު މަސްތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮޒިޓިވް ވެފައެވެ." ކަސްޓަމްސުން ބުނެފައިވެއެވެ.

ކަސްޓަމްސުން އިތުރަށް ބުނެފައިވާގޮތުގައި މި ދެމީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.146 ކިލޯ ހުރި އިރު މިތަކެތީގެ މަގުމަތީ އަގު 5،72،982.00 (ފަސް ލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ އަށްޑިހަ ދޭއް) ރުފިޔާއަށް އަރާނެއެވެ.

މި މައްސަލައިގާ ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާ ހަވާލުކުރެވިފައި ކަމުގައިވެސް ކަސްޓަމްސުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް