އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި އަދި އަލިކޮއެ ރަށް ޓޫރިސްޓުން ބޭނުންކުރުމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވައިފި

އދ. އަތޮޅު އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، އދ. އަލިކޮއެ ރަށް، ޓޫރިސްޓުން ގޮވައިގެން ގޮސް، ބޭނުންކުރުމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށް...

07 Oct 2025 | 10:14
ރައީސް ހަންޏާމީދޫގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ހަންޏާމީދޫގައި - ފޮޓޯ: ރައީސް އޮފީސް

އދ. އަތޮޅު އުތުރު އަތަފަރު، ހަންޏާމީދޫގެ

ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، އދ. އަލިކޮއެ ރަށް، ޓޫރިސްޓުން ގޮވައިގެން ގޮސް،

ބޭނުންކުރުމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ

ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، އެ އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު

ހަންޏާމީދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން

ހޯދަމުންދާ، އަދި ގެސްޓްހައުސް ވިޔަފާރީގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެ، އާމްދަނީ

ހޯދަމުން އަންނަ، ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ކަންކަމަށް ރިޢާޔަތްކުރައްވައި،

ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި،

ހަންޏާމީދޫ ކައިރީގައި އޮންނަ އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް

ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އެ ރަށް ތަރައްޤީކުރުމުގެ

މަސައްކަތުގައި ވެސް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ

ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެ އިތުރުން، ރަށާ ކައިރި އަދި އެ ސަރަޙައްދުގެ އެހެނިހެން

ރަށްރަށުން ވެސް ގެސްޓުން ގޮވައިގެން ދެވޭނެ ހުސް ރަށްތަކެއް ނެތްކަން ފާހަގަކުރައްވައި،

އެ މަނިކުފާނު ވަނީ އެ ރަށާ މާ ދުރުނޫން ހިސާބެއްގައި އޮންނަ އަލިކޮއެ ރަށް، ގެސްޓުން

ގޮވައިގެން ގޮސް ބޭނުންކުރެވޭނެ ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން

އިޢުލާނުކުރައްވާފައެވެ. އެ ރަށް ދެން އެއްވެސް ފަރާތަކަށް ދޫނުކުރައްވާނެ ކަމަށާއި،

ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އުޞޫލެއްގެ ދަށުން ހަންޏާމީދޫއާއި

އަދި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް

އެރަށް ބޭނުންކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް

ކުރިއަށް ގެންދަވަން ނިންމަވާފައިވާ މަޝްރޫޢުތަކަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން

ރަށުގެ ގޮނޑުދޮށްހިމާޔަތް ކުރުމުގެ މަޝްރޫޢާއި ދޯނި އެހެލާ ސަރަހައްދެއް ޤާއިމްކުރުމުގެ

މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ދާދިއަވަހަށް، އެއް މަޝްރޫޢެއްގެ ގޮތުގައި ފެށިގެން

ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި

ވަނީ، މިއަހަރު އަމަލީ މަސައްކަތް ފެށިފައިނުވާ، މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓުގައި

ހިމަނުއްވައިގެން، ރަށުގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމުގެ

ޔަޤީންކަން ދެއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް