މިވަރުގެ ވެރިކަމެއް ނުދެކެން: ޤާސިމް އިބްރާހިމް

2008ގެ ފަހުން މިވަރުގެ ވެރިކަމެއް ދެކެވަޑައިނުގަންނަވާކަމުގައި ވިދާޅުވެ ޤާސިމް އިބްރާހިމް ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގަ...

07 Oct 2025 | 00:55
ރޭގެ ޖަލްސާގައި ޤާސިމް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާގައި ޤާސިމް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

2008ގެ ފަހުން މިވަރުގެ ވެރިކަމެއް ދެކެވަޑައިނުގަންނަވާކަމުގައި

ވިދާޅުވެ ޤާސިމް އިބްރާހިމް ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފު

ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ

މަޖިލީހުގައި މާމިގިލި ތަމްސީލުކުރައްވާ މެންބަރު ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ

އދ. އަތޮޅުގެ ރަށްރަށަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި

ރޭގައި މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ހުއްޓުމެއްނެތި 40 އަށް ވުރެ ގިނަ

މިނެޓު ވާހަކަފުޅު ދައްކަވަމުން ސެލިއުޓް ނަންގަވައި ރައީސް މުޢިއްޒަށް ޤާސިމް

ވަރަށް ތައުރީފު ކުރެއްވިއެވެ.

އެގޮތުން ރައީސް މުޢިއްޒު ވެރިކަމާ

ހަވާލުވެވަޑައިގެންނެވިއިރު އެތައް ބިލިޔަން ރުފިޔާގެ ދަރަންޏާއެކު ޤައުމާ ހަވާލުވެ

ޤައުމު ބަނގުރޫޓުވިޔަ ނުދީ ކުރިއަށްގެންދާކަމަށްޓަކައި އެކަމަށް

ޝުކުރުއަދާކުރައްވައި ތަޢުރީފު ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް