ބްރާންޗުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އިން އދ. މާމިގިލީގައި ދެމުންދާ
ބޭންކިންގ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަދު އާ ބްރާންޗެއްގެ ބިންގާ އަޅަފިއެވެ.
އެ ބްރާންޗުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި
ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ
ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު
ޝަރީފް ވިދާޅުވީ، މާމިގިލީގައި އައު ބްރާންޗްގެ ބިންގާ އަޅައި، މުޅި އަތޮޅުގައި އޭޓީއެމްގެ
ޚިދުމަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއެކު، ބީއެމްއެލްއިން އަންނަނީ އަމިއްލަ
ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ
އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދެމުން
ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި
42 ބްރާންޗް، 190 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 248 އޭޓީއެމްގެ އިތުރުން އެންމެ
ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު
ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން
ފޯރުކޮށްދިނުންކަމުގައި އެ ބޭންކުން ބުނެއެވެ.
މިހާރުވެސް ބީއެމްއެލްއިން އަންނަނީ އދ. މަހިބަދޫގައި
ގާއިމުކޮށްފައިވާ ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް