އިންޑިއާ ސިފައިންގެ ޢަަދަދު ހާމަނުކުރުމަކީ ޤައުމަށް ވަމުންދާ ޚިޔާނާތެއް:ޝައިޚް ޝަފީޢު

އިންޑިއާ ސިފައިންގެ ޢަދަދު ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަކީ މި ޤައުމަށް ބަޔަކު ވަމުންދާ އެންމެ މަތީ ދަރަޖައިގެ ޚިޔާނާތެއް ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ  އައްޝައިޚު ޝަފީޢު  އަބުﷲ ވި...

07 Oct 2020 | 05:34

އިންޑިއާ ސިފައިންގެ ޢަދަދު ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަކީ މި ޤައުމަށް ބަޔަކު ވަމުންދާ އެންމެ މަތީ ދަރަޖައިގެ ޚިޔާނާތެއް ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ  އައްޝައިޚު ޝަފީޢު  އަބުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު  އަބުﷲ މިހެން ވިދާޅުވީ ޑިފެންސް މިނިސްޓްރީން މިއަދު ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިންގެ ޢަދަދު ހާމަކޮށްފިނަމަ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަރާފާނެކަމަށް ވިދާޅުވި ވިދާޅު ވުމާއި ގުޅިގެން އެއަށް ރައްދު ދެއްވަމުންނެވެ.

މިކަމާއި ގުޅިގެން ކަންބޮޑުުވުން ފާޅުކުރައްވައި ޝައިޚް ކުރެއްވި ޓްވިޓް ގައި ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާއާއި ދެ ޤައުމުގެ ދެމެދުގައި އޮތީ ޠާހިރު އެކުވެރިކަމުގެ ގުޅުމެއްކަމަށްވާނަމަ އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އިންސާނިއްޔަތުގެ މަސައްކަތްކުރަން ކަމަށްވާނަމަ އިންޑިއާ ސިފައިންގެ ޢަދަދު ހާމަކުރުމަށް ދެކޮޅު ހަދަންޖެހޭ އެއްވެސް ސަބަބެއް ނެއްކަމަށެވެ.

މީގެ އިތުރުން ޝައިޚު ވިދާޅުވީ ޢަދަދު ހާމަކުރުމަށް ސަރުކާރުން ދެކޮޅުހަދައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން ގޯސް ވެދާނެކަމަށް ބުނުމުން ދޭހަކޮށްދެނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.

އަދި ޝައިޚް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ  މިއީ މި ޤައުމަށް ބަޔަކު ވަމުންދާ އެންމެ މަތީ ދަރަޖައިގެ ޚިޔާނާތަކަށް ނޫނީ ނުވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް