މިއީ ފަހަރެއްގައި އަޅުގަނޑުމެންނަށް ނޭންގި އޮވެދާނެ ކަމަށް ވެސް ވެދާނެއެވެ. މަދުވެގެން މަހަކު 1 ފަހަރު ތިމާ ދަތް އުނގުޅާ ބުރުސް ބަދަލު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދަތް އުނގުޅާ ބުރުސް އަވަސް އަވަހަށް ބަދަލުކުރުމަކީ އަނގަތެރެ ހަލާކުވިޔަނުދީ ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް ވަރަށް މުހިއްމުކަމެކެވެ. މިއީ އަނގަތެރެ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ސަމާލުކަން ދިނުން ވަރަށް މުހިއްމުކަމެކެވެ.
ސިއްޚީ މާހިރުން ލަފާދޭގޮތުގައި ދަތް އުނގުޅާ ބުރުސް ކޮންމެ މަހަކު އެއްފަހަރު ބަދަލުކުރުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެކެވެ. އެހެންނަމަވެސް އެންމެ އެދެވިގެންވާގޮތަކީ، ދަތް އުނގުޅާ ބުރުސް ވީހާވެސް އަވަސް އަވަހަށް ބަދަލުކުރުމެވެ.
ގިނަދުވަސްވެފައިވާ ދަތް އުނގުޅާ ބުރުހަކުން ދަތާ އުނގުޅާކަމުގައިވަނީނަމަ، ދަތުގެ ހިރުގަނޑަށް ގެއްލުން ލިބި، އަނގަތެރޭގައި ވަރަށް އަވަހަށް ބެކްޓީރިއާ އުފެދުމަށް މެދުވެރިވެއެވެ.
އަދި ގިނަ ފަހަރު އަނގަ ތެރެ ހަލާކުވުމާއި އިންފެކްޝަން އުފެދުމުގެ މައްސަލަ ކުރިމަތިވުމާވެސް ގުޅިފައިވަނީ އަވަސްއަވަހަށް، ދަތް އުނގުޅާ ބުރުސް ބަދަލުނުކުރުމެވެ.
ދަތްއުނގުޅާ ބުރުސް ގިނަދުވަސްވަންދެން ބަދަލުނުކޮށް ދަތް އުނގުޅުމުގެ ސަބަބުން، ބުރުހުގެ ފަތްތައް ހަލާކުވުމަށް މެދުވެރިވެއެވެ. އަދި ނަތީޖާއަކަށް ވަނީ މިފަދަ ބުރުހަކުން ދަތް އުނގުޅުމުން، ދަތްތަކުގެ ދޭތެރޭގައި ހުންނަ ހަޑި ކުނިތަކާއި ޖަރާސީމު އެކަށީގެންވާ ވަރަށް ސާފުނުވުނެވެ.
އެހެންކަމުން މިކަމުގެ ސަބަބުންވެސް އަނގަތެރޭގައި އިތުރަށް ޖަރާސީމާއި ބެކްޓީރިއާތައް އުފެދި ދަތް ފަނިކެމާއި، އަނގަތެރޭގައި ނުބައިވަސް ދުވުމަށް މެދުވެރިވެއެވެ.
ދަތްއުނގުޅާ ބުރުސް ގިނަދުވަސްނުކޮށް ބަދަލުކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައިދެކިގެން މިކަން ކުރަން އާދަކުރާށެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް