މަލިކު ކައިރިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު މަލިކު ސަރަހައްދުން 11 ދިވެހިންނާއެކު ހިފެހެއްޓި ދޯނީގައި ތިބި ފަޅުވެރިން މިއަދު ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް އިންޑިއާ ސަރުކާރުން އަންގަވާފައިވާ ކަމަށެވެ.
މިނިސްޓްރީއިން ވިދާޅުވީ، އެހެން ޤައުމެއްގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ޙަރަކާތްތެރިވުމަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަމެއްކަމަށެވެ.
އަދި މިކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ދިވެހިރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރާ، އުޅަނދުފަހަރު ދުއްވާ ވެރިންނަށާއި ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް