މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންކަމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދު، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނޫޝިން، އެމްޑީއެންގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ.
ރައީސް އޮފީހުގައި އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި ސެޕްޓެމްބަރު މަހުން ފެށިގެން ކޮންޓްރެކްޓު ވަޒީފާއެއް އަދާކުރައްވަމުން ގެންދަވާ ނޫޝިން، މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.
ނޫޝިން މީގެ ކުރިން މޯލްޑިވްސް ޕޮލިސް ސާވިސްގގައި އިންޓެލިޖެންސް އެނެލިސްޓެއްގެ މަގާމާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ޕޮލިޓިކަލް ސައިންސް ލެކްޗަރާއެއްގެ ގޮތުގައި މަސަތްކަތްކުރެއްވިއެވެ.
ނޫޝިން އެމްޑީއެންއިން އިސްތިއުފާ ދެއްވާފައި މިވަނީ، އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓް ގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކޮށްފައިވާ ގޮތައް ބައެއް ވާހަކަތައް ހުރުމުގެ ސަބަބުން ގިނަ ބަޔަކު އެމްޑީއެން އުވާލަން އަޑު އުފުލަމުން ގެންދަވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް