މަޝްހޫރު އަންޖެލީނާ ޖޮލީ އަށް ވާން 50 ސާޖަރީ ހެދި އީރާން އަށް ނިސްބަތްވާ ސަހަރް ތާބަރް ހައްޔަރުކޮށްފިއެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަހަރް ހައްޔަރުކޮށްފައި ވަނީ އިންސްޓަގްރާމް ގައި ދީނަށް ފުރައްސާރަކޮށް ވާހަކަތައް ދައްކާ އަދި ކޮރަފްޝަންގެ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ގޮތަށް ވާހަކަދެއްކުމާ ގުޅިގެންނެވެ. އިރާނަކީ90 އިންސައްތަ މުސްލިމް ގައުމެކެވެ. .
އީރާނަށް ނިސްބަތްވާ ސަހަރްގެ މައްޗަށް ކުރެވުނު މި ތުހުމަތުތަކާއި ގުޅިގެން މިހާރު އޭނާގެ އިންސަޓްގްރަމް އެކައުންޓް ވަނީ ޑިލީޓް ކޮށްފައެވެ.
ސަހަރް ތާބަރް އަކީ އީރާން އަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އަންހެނެކެވެ. މީގެ ދެ އަހަރު ކުރިން ސަހަރް އަށް ގިނަ ބައެއްގެ ސަމާލު ކަން ހުއްޓުނީ އެންޖެލީނާ ޖޮލީއާ ވައްތަރުވާން 50 ޕްލާސްޓިކް ސާޖަރީ ހަދައި ފޮޓޯތައް އިންސްޓަގްރާމްގައި އާންމުކުރުމާ ގުޅިގެންނެވެ. އެ ސާޖަރީތަކަށް ފަހު އޭނާ ވަނީ އިންސްޓަގްރާމް ސްޓާރަކަށް ވެފައެވެ.
ސަހަރްގެ ފޮޓޯ ތައް ފެނުމުން ގިނަ ބަޔަކު ސަހަރް ސިފަކޮށްފައި ވަނީ ޒޮންބީއެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ ވަނީ އެކިކަހަލަ ޒޮމްބީ މޭކަޕްތައް ކުރުމަށްފަހު އިންސްޓަގްރާމަށް ޕޯސްޓްކުރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް