ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ޕަމްޕް ކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި، މާލެ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި، ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ޕަމްޕް ބަހައްޓައިގެން މާލޭގެ ދެ ސަރަހައްދެއްގައި ދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އައިޖީއެމް ހޮސްޕިޓަލު ސަރަހައްދާއި، ދުވާ ޓްރެކް ސަރަހައްދުގައި އެމްއެންޑީއެފުން ދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް