60 ފަރާތަކަށް ބީއެމްއެލްގެ ފަރާތުން މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މިއަހަރު ތެރޭގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފިއެވެ. ވީލް ޗެއަރ ހަދިޔާކ...

07 Oct 2019 | 07:38

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މިއަހަރު ތެރޭގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފިއެވެ.

ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ގޮތުގައި، ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމަށާއި، މިފަދަ ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދާ 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން 2017 ވަނަ އަހަރު ފެށުނު މި ޕްރޮގްރާމްގެ ދަށުން ވަނީ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 76 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.

މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބީއެމްއެލް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް