ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަރ ވެހިކަލްތައް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ، ރާއްޖޭގެ 14 ފަޔަރ ސްޓޭޝަނަށް ފޮނުވައި ނިމިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ އެވެ.
މި 14 ފަޔަރ ސްޓޭޝަނަށް ފޮނުވިފައިވަނީ 24 ވެހިކަލް އަދި 05 ލޯންޗެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، މި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ޓެންޑަރ ވެހިކަލްގައި 1500 ލީޓަރު ފެން އުފުލޭނެ ކަމަށާއި، ފޯރމް ޓެންޑަރ ވެހިކަލްގައި 200 ލީޓަރު ފޯރމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރު ފެން އުފުލޭނެ ކަމަށެވެ.
ޖަޕާން ސަރުކާރުން ހަދިޔާ ކުރި ވެހިކަލްތަައް ފޮނުވިފައިވާ ރައްތަކަކީ މާލޭ، ހުޅުމާލޭ، ވިލިމާލެ، ހދ. ކުޅުދުއްފުށި، ޅ.ނައިފަރު، ތިލަފުށި، އދ.މާމިނގިލި، ފ.ނިލަންދޫ، ދ. ކުޑަހުވަދޫ، ލ.ކައްދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ.ހިތަދޫ އަދި ސ ހުޅުމީދޫ އެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ޖަޕާން ސަރުކާރުން ހަދިޔާކުރި މި ވެހިކަލްތަކުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ފަޔަރމަނުން ހަރަކާތްތެރިވުމަށް އިތުރު ކުރިއެރުން ލިބި، ހިނގާ އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންހިފުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
މި ވެހިކަލްތަކަކީ 5 ޑިސެންބަރު 2018 ވަނަ ދުވަހު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ހަދިޔާ ކުރި ވެހިކަލްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް