މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ކުއްލި މައްސަލަ ހުށަހަޅައިފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ މިއީ ކޮން ސަރުކާރެއްގައި އާންމު ކުރި ރިޕޯޓެއްތޯ ބެލުން މުހިންމު ނޫން ކަމަށެވެ. އެގޮތުން މި ރިޕޯޓުގައި މާތްﷲގެ ކުޅަދުންވަންތަކަމާ ސުންނަތާ، ޤުރްއާނުގައި ހުރި ވާހަކަތަކާ ދެކޮޅަށް ގިނަ ވާހަކަތަކެއް މި ރިޕޯޓުގައި ލިޔެފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. މެމްބަރު ނަޝީދު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކުރިޔަސް މައްސަލައެއް ނެތް ކަމަށާއި ލާދީނީ މީހުން މި ގައުމުން ނައްތާލަންޖެހޭ ކަމަށެވެ.
މެމްބަރު ނަޝީދު ވިދާޅުވީ ދީނީ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަކީ "ކަތުރުފަނިތަކެއް" ކަމަށާއި ކަތުރުފަނިތައް ނައްތާލަން ފަސޭހަވާނީ ވެސް ގިނަވުމުގެ ކުރިން ކަމަށެވެ. އަދި ދީނާ ދެކޮޅު ހަރުކަށި ފިކުރު ވެސް އަންނަނީ ލާދީނީ މީހުންގެ ސަބަބުން ކަމަށާއި ހަރުކަށި ފިކުރު އިތުރުވަނީ ލާދީނީ ފިކުރުގެ މީހުންނަށް ފިޔަވަޅު ނޭޅޭތީ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީއެންގެ މައްސަލާގައި އިސްލާކިމް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް